ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

11 އޮކްޓޯބަރު 2023 10:00

ނަންބަރު

22

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރައްވަމުންދާ މަސައްކަތްތަކާއި އެ ކުންފުނިތަކާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ބޯޑުގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ބޯޑުގެ މަސައްކަތްތައް ކުރެއްވުމަށް ދިމާވެފައިވާ ގޮންޖެހުންތައް އެބޭފުޅުން ޙިއްޞާކުރެއްވިއެވެ. އަދި އިންތިގާލީ މަރުޙަލާގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ޢަމަލުކުރަންވީ ގޮތާ ގުޅޭގޮތުން އެ ބޯޑުން ނެރުއްވާފައިވާ ސާރކިލާގައި ހުރި ބައެއް ކަންތައްތަކާ ގުޅިގެން މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، އެ ސަރކިއުލާގައި ހުރި ކަންތައްތަކާ ގުޅޭ މަޢުލޫމާތު މެންބަރުންނަށް ދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA