ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

9 އޮކްޓޯބަރު 2023 11:36

ނަންބަރު

7

2023 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ އިޝްހާޤް ޙުސައިނެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުގެ ނަންފުޅު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދުކުރެއްވިއެވެ. މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން މުޤައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދުގެ ނަންފުޅު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހެޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހޮވިވަޑައިގަތެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA