ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

16 އޮކްޓޯބަރު 2023 11:08

ނަންބަރު

17

ޖުޑީޝިއަރީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓް ދިރާސާކުރުމަށްފަހު، އެ ރިޕޯޓާގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ނިންމިއެވެ. މީގެ އިތުރުން ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހަޅުއްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރެއްވީ، ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާ މައްސަލަތަކާ ގުޅޭގޮތުން ފަނޑިޔާރެއް ހާޒިރުކުރަން ޖެހިއްޖެ ހާލަތެއްގައި ފަނޑިޔާރުން ހާޒިރުކުރެވޭގޮތަށް ނިންމެވުމަށެވެ. މި ހުށަހެޅުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
10 އޮކްޓޯބަރު 2023 - ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރިޕޯޓު ނަންބަރު D-TC199/TF10/2023/15
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA