ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

16 އޮކްޓޯބަރު 2023 12:30

ނަންބަރު

23

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގެ 4ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ފަރާތްތައްކަމުގައިވާ، މ.ލޭންޑްއޮފްގާރޑްން އަލްއުސްތާޛާ ފާޠިމަތު ޝިރުވީން އަދި ހއ.ކެލާ/ކޮކާގެ އަލްފާޟިލް މުޙައްމަދު އާޒާދުއަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ބޯޑުގެ މެންބަރުކަމަށް އެބޭފުޅުން ޝަރުޠު ހަމަވާކަމަށް ކޮމިޓީން ހޯދާފައިވާ މަޢުލޫމާތުން އެނގޭކަމަށާއި އެހެންކަމުން ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމުގައި އެބޭފުޅުންނާ އިންޓަރވިއު ކުރައްވަން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA