ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2023 12:40

ނަންބަރު

13

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 2013 އަދި 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓާމެދު މަޝްވާރާކުރެއްވުމެވެ. އެގޮތުން، އެ ރިޕޯޓް ފާސްކުރުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދު ކުރެއްވިއެވެ. އަދި ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވިއެވެ. އެއަށްފަހު އޮޑިޓަރ ޖެނެރަލް، ހުސައިން ނިޔާޒީއާއި، އަނބިކަނބަލުން އަދި ދަރީންގެ މުދަލާއި ފައިސާގެ ބަޔާންތައް ކޮމިޓީއާ ޙިއްސާކުރެއްވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2022 ވަނަ އަހަރުގެ ހަތަރުވަނަ ތިންމަހުގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާގޮތުގެ ރިޕޯޓް ކޮމިޓީއާ ޙިއްސާކުރެއްވިއެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA