ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2023 10:10

ނަންބަރު

6

ގަވާއިދު ކޮމިޓީގެ 2023 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ނުނިމި ހުރި މައްސަލަތައް ދިރާސާކުރެއްވިއެވެ. އެގޮތުން ކޮމިޓީން އިސްނަންގަވައިގެން ބައްލަވަމުން ގެންދެވި ޤާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި، މިހާތަނަށް ހަދާފައިވާ ގަވާއިދުތަކާއި ނެހެދިވާ ގަވާއިދުތަކުގެ މައުލޫމާތު ސާފުކުރުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެ ޔުނިވަރސިޓީން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލާ ނިމިފައިވާކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއްވާފައިވާތީ، އެ މައްސަލަ ކޮމިޓީން ނިންމެވިއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި ޕަބްލިކް ވަރކްސް އައްޑޫ ސިޓީގެ 2 ޔުނިޓްގެ މުވައްޒަފުން ސޮއިކޮށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން، އެ މައްސަލައަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ބައްލަވަމުން ގެންދަވާ މައްސަލައަކަށްވާތީ، އަދި އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ މައްސަލައަކަށްވާތީ، ގަވާއިދު ކޮމިޓީން އެ މައްސަލަ އިތުރަށް ނުބެލުމަށް ނިންމިއެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގެ ގަވާއިދު ނަންބަރު 28 ގައި ހިމެނޭ މާލޭ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު: 2015/R-192، 9 ނޮވެންބަރު 2015) މިހާތަނަށް ގެނެވުނު 6 އިޞްލާޙު އެއްކޮށްލުމަށްފަހު ހުޅުމާލެ ޕްލޭނިންގ ގަވާއިދު ހިމެނޭގޮތަށް އެއް ގަވާއިދެއްގެ ގޮތުގައި "މާލެ އަރބަން ސަރަޙައްދުގެ ޕްލޭނިންގ ގަވާއިދު" ގެ ނަމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލާފައިވާ ގަވާއިދެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވައި ގެޒެޓް ކޮށްދެއްވުމަށް އެދި ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން، އެ ދެ ގަވާއިދު އެއްކޮށްލައި އެއް ގަވާއިދެއްގެ ގޮތުގައި އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ނުފެންނަކަމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ. އެއަށްފަހު، ކޮމިޓީގައި ނުނިމި ހުރި މައްސަލަތައް އިތުރަށް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA