ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

18 އޮކްޓޯބަރު 2023 11:00

ނަންބަރު

7

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 7 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވާނެ މެންބަރުންގެ ޢަދަދާއި، މެންބަރުންނަށް ވާހަކަ ދައްކަވަން ދެވޭ ފުރުޞަތުގެ ދިގުމިނާއި، މަޖިލީހުގެ ރައީސަށް ދިފާޢުގައި ވާހަކަ ދެއްކެވުމަށް ލިބިދޭ ފުރުޞަތުގެ ޢަދަދާއި އެ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސްކުރުމުގެ ޖުމްލަ ވަގުތަކީ 2 ގަޑިއިރުގެ ގޮތުގައި ކަނޑައެޅުމަށާއި، އެ 2 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެމަނިކުފާނުގެ ދިފާޢުގައި ވާހަކަ ދެއްކެވުމަށްޓަކައި ބަހުސް ފެށުމުގެ ގޮތުން 10 މިނެޓުގެ ފުރުޞަތު، ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ ފުރުޞަތު އަދި ބަހުސް ނިންމެވުމުގެ ގޮތުން 10 މިނެޓުގެ ފުރުޞަތާއެކު، ޖުމްލަ 30 މިނެޓުގެ ފުރުޞަތެއް ދެއްވުމަށާއި، ބާކީ އޮތް 1 ގަޑިއިރާއި 30 މިނެޓު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން މެންބަރުންނަށް ވަގުތު ދެއްވުމަށާއި، އެގޮތުން ވާހަކަ ދައްކަވާ ކޮންމެ މެންބަރަކަށް 3 މިނިޓަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން 1 ފުރުޞަތު ދެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA