ކޮމިޓީގެ ނަން

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު ދިރާސާކުރުމަށް ހޮވި ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ

ތާރީޚް

16 އޮކްޓޯބަރު 2023 12:20

ނަންބަރު

1

2023 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ އިޝްހާޤް ޙުސައިނެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްގެ ނަންފުޅު ގެމަނަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަޢީދު ހުށަހަޅުއްވާ، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ތާއީދުކުރެއްވިއެވެ. މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން މުޤައްރިރަކަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހޯރަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމްގެ ނަންފުޅު ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާ، ގެމަނަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަޢީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހޮވިވަޑައިގަތެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
19 އޮކްޓޯބަރު 2020 - ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA