ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2023 12:05

ނަންބަރު

14

މާލިއްޔަތު ކޮމިޓީގެ 2023 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައިގައި ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. 1. ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދުކުރެއްވި ހުށަހެޅުން "އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި 74,179,129/- (ހަތްދިހަ ހަތަރު މިލިއަން އެއްލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކަ ނަވާވީސް) ރުފިޔާކަމަށާއި، އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 38,100,000/- (ތިރީސް އަށް މިލިއަން އެއް ލައްކަ) ރުފިޔާކަމުގައި ކަނޑައަޅުއްވައި، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރާ މުޅި ޖުމްލަ ބަޖެޓްގެ ޢަދަދަކީ 112,279,129/-(ސަތޭކަ ބާރަ މިލިއަން ދެ ލައްކަ ހަތްދިހަ ނުވަހާސް އެއްސަތޭކަ ނަވާވީސް) ރުފިޔާކަމަށް ފާސްކުރުމަށް". 2. ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާޢީދުކުރެއްވި ހުށަހެޅުން "ބަޖެޓާ ގުޅޭގޮތުން އިންތިޚާބީ ރައީސްގެ އޮފީހުގެ ލަފާ ހޯދުމަށް". މި ހުށަހެޅުންތައް ހުށަހަޅައި ތާޢީދު ލިބުނު ތަރުތީބުން ވޯޓަށް އެހުމުން، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްތުން ފާސްވެފައެވެ. އެހެންކަމުން، ދެވަނަ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
3 އޮކްޓޯބަރު 2023 - އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA