ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2023 10:00

ނަންބަރު

10

2023 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރަކު އިންތިޚާބު ކުރުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރަކަށް ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދު ކުރެއްވީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްގެ ނަންފުޅެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ކޮމިޓީގެ ނައިބު މުޤައްރިރު އިންތިޚާބު ކުރުމުގެ މަސައްކަތެވެ. ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާގެ ނަންފުޅެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުންވަނީ އެ ހުށަހެޅުން ފާސްވެފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރު ހޮވުން
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA