ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2023 11:30

ނަންބަރު

10

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލުގެ ސުންގަޑި ކަނޑައަޅައި ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 30 ނޮވެންބަރު 2023 ކަމަށާއި، ބިލާއި ގުޅޭގޮތުން ޕަބްލިކް ކޮމެންޓަށް ހުޅުވާލުމުގެ އިތުރުން ސްޓޭކް ހޯލްޑަރސްގެ ކޮމެންޓްސް ހޯދުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކުރައްވާ ހުށަހަޅާފައިވާތީ، އެ ހުށަހެޅުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. ދެން ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލުގެ ސުންގަޑި 30 ސެޕްޓެމްބަރު 2023 އަށް ހަމަވެފައިވާތީ، އެ ބިލުގެ ސުންގަޑި 27 ފެބްރުވަރީ 2024 ގެ ނިޔަލަށް އަލުން އިތުރުކުރުމަށާއި، ކުންފުނީގެ ބިލުގެ ސުންގަޑި 30 ޖޫން 2023 އަށް ހަމަވެފައިވާތީ، އެ ބިލުގެ ސުންގަޑި 15 ނޮވެންބަރު 2023 ގެ ނިޔަލަށް އަލުން އިތުރުކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ތާއީދުކޮށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ، ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
16 އޮކްޓޯބަރު 2023 - އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު
6 އޭޕްރީލު 2022 - ކުންފުނީގެ ބިލު
10 ޖުލައި 2019 - ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA