ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

24 އޮކްޓޯބަރު 2023 10:48

ނަންބަރު

9

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 9 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 2024 ވަނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތެވެ. މި ބައްދަލުވުމުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަޙްމަދު ފާއިޒް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުށަހަޅުއްވާފައިވާ ގޮތަށް އަދި ޢާންމު ކޮމިޓީގެ ރިކޮމެންޑޭޝަންއާ އެއްގޮތަށް ގެނައި ބަދަލުތަކާއެކު، އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެންދިޔައެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ކޯޓް/ހެދުން އެލަވަންސް މިހާރު ދެމުންގެންދާ އުސޫލަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ގޮތަށް އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެންދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA