ކޮމިޓީގެ ނަން

ބަޖެޓް ދިރާސާކުރާ ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2023 10:00

ނަންބަރު

2

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 02 ވަނަ ބައްދަލުުވުން

ޚުލާސާ

މިބައްދަލުވުމުގައި، 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުން، 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވާ ސަބަބުތަކާއި، ދައުލަތުގެ އާމްދަނީއާއި، ޚަރަދާއި، ދަރަންޏާއި، އޮފީސްތަކުގެ ބަޖެޓާއި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ މަޝްރޫޢުތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، އެ ކަންކަމާގުޅޭ އިތުރު މަޢުލޫމާތު ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓާގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ފަންނީ ލަފާއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް އެ އޮފީހުގެ ބޭފުޅުން ޖަވާބު ދެއްވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. މިނިސްޓްރީ އޮފް ފިނޭންސް 1. އިބްރާހިމް އަމީރު މިނިސްޓަރ 2. އަޙުމަދު ސަރުވަޝް އާދަމް ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް 3. އަޙްމަދު ޒަޔާން މުޙައްމަދު އިކޮނޮމިސްޓް އޮޑިޓަރ ޖެނެރަލްގެ އޮފީސް 4. ޝިރުމީނާ ހުސައިން އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް 5. އަޙްމަދު ޞާލިޙް ޑިރެކްޓަރ، ޓެކްނިކަލް ސަރވިސަސް 6. މުޙައްމަދު ޝާން ޑިރެކްޓަރ، ފައިނޭންސް އިންސްޓިޓިއުޝަންސް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް 7. އަފްޒަލް ޙަސަން މެނޭޖަރ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 ނޮވެމްބަރު 2023 - ދައުލަތުގެ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA