ބަޖެޓް ދިރާސާކުރާ ކޮމިޓީ

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ 03 ވަނަ ބައްދަލުުވުން

16 ނޮވެމްބަރު 2023 00:00 ނަންބަރު 3

ޚުލާސާ

މިބައްދަލުވުމުގައި، 2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ބަޖެޓު ނިންމާނެ ގޮތާ ގުޅޭގޮތުން މެންބަރުންގެ ހުށަހެޅުއްވުންތައް ހުށަހެޅުއްވިއެވެ. 1. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާޢީދުކުރެއްވި ހުށަހެޅުން "2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގެ ޚާއްޞަ ބަޖެޓުގައި (ކޯޑު ނަންބަރު 1265) ހިމެނިފައިވާ ޢަދަދުގެ ތެރެއިން 6.5 (ހައެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބްރޯޑްކާސްޓިންގ ޚިދުމަތްތައް ދޭ ފަރާތްތަކާއި މީޑިއާތަކަށް ހަމަޖައްސަވައި ދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ދެންނެވުމަށް"؛ 2. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވައި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާޢީދުކުރެއްވި ހުށަހެޅުން "2023 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި، 2023 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ޖުމްލަ6,509,270,402 (ހަ ބިލިއަން ފައްސަތޭކަ ނުވަ މިލިއަން ދެލައްކަ ހަތްދިހަހާސް ހަތަރު ސަތޭކަ ދޭއް) ރުފިޔާގެ ބަޖެޓް ފާސްކުރުމަށް"؛ 3. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރެއްވި ހުށަހެޅުން "އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ނިންމުމަށް" 4. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރެއްވި ހުށަހެޅުން "ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކިވާ ދާއިރާތަކުގެ ތަފްޞީލީ މަޢުލޫމާތު ހޯދުމަށްފަހު، އެ މަޢުލޫމާތު ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް" ހުށަހެޅުން ހުށަހެޅިގެން ގޮސްފައިވާ ތަރުތީބުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ ހުށަހެޅުމަށް (2 ހުށަހެޅުމަށް ވަކި ވަކިން) ވޯޓަށް އެހުމުން ކޮމިޓީގެ އަޤްލަބިއްޔަތުން (16 ވޯޓުން) އެ 2 ހުށަހެޅުން ފާސްވިއެވެ. އެހެންކަމުން، އަނެއް 2 ހުށަހެޅުމަށް ވޯޓަށް ނާހައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 ނޮވެމްބަރު 2023

ދައުލަތުގެ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA