ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

20 ނޮވެމްބަރު 2023 11:30

ނަންބަރު

14

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 14 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވާނެ މެންބަރުންގެ ޢަދަދާއި، މެންބަރުންނަށް ވާހަކަ ދައްކަވަން ދެވޭ ފުރުސަތުގެ ދިގުމިނާއި، މަޖިލީހުގެ ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް ލިބިދޭ ފުރުސަތުގެ ޢަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ މަސައްކަތެވެ. މީގެއިތުރުން، ދެން ކުރިޔަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 249 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ މެންބަރަކު ނުވަތަ މަޖިލީހުގެ ރައީސް ހުށަހަޅުއްވާ މައްސަލައެއްގެ އިބްތިދާއީ ބަހުސްގެ ވަގުތުގެ ދިގުމިން ކަނޑައެޅުއްވުމާ ގުޅޭގޮތުން ލަފަޔަކަށްއެދި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 212 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަޖެޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓާމެދު މަޝްވަރާކުރެއްވުން ކުރިޔަށް ގެންދެވިއެވެ. އެޖެންޑާގެ އެހެނިހެންގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީ.އައި.ޕީ ލޯންޖު ބޭނުންކުރުމާ ގުޅޭގޮތުން އެ މައްސަލަ ދިރާސާކުރައްވާފައިވާ ސަބްކޮމިޓީއިން ނިންމެވި ނިންމެވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA