ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

21 ނޮވެމްބަރު 2023 10:00

ނަންބަރު

15

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 15 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ބަހުސްގައި، ވާހަކަ ދައްކަވާނެ މެންބަރުންގެ ޢަދަދާއި، މެންބަރުންނަށް ވާހަކަ ދައްކަވަން ދެވޭ ފުރުސަތުގެ ދިގުމިނާއި، މަޖިލީހުގެ ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް ލިބިދޭ ފުރުސަތުގެ ޢަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައަޅައި ކޮމިޓީއިން ނިންމެވި ނިންމެވުން އަލުން މުރާޖާކުރުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކުރިން ކޮމިޓީއިން ނިންމެވި ނިންމެވުން ރަގަޅުކަމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA