ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

29 ނޮވެމްބަރު 2023 12:30

ނަންބަރު

16

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލު ކޮމިޓީން ނިންމުމުގެ މަސައްކަތެވެ. އެގޮތުން، އިޞްލާޙުގެނަންޖެހޭކަމަށް ފާހަގަކުރެވިފައިވާ 7 މާއްދާއެއް އިޞްލާޙުކުރެއްވުމަށް ފަހު ބިލަށް ކޮމިޓީން ގެންނެވި އިޞްލާޙުތަކާއެކު ކޮމިޓީން ބިލު ފާސްކޮށް މަޖިލީހަށް ރިޕޯޓް ފޮނުވުމަށް އެ ވަގުތު ހާޒިރުވެ ތިބި މެންބަރުންގެ ޢައްލަބިއްޔަތުން ފާސްކުރެއްވިއެވެ. އެއަށްފަހު، ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
16 އޮކްޓޯބަރު 2023 - އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު
6 އޭޕްރީލު 2022 - ކުންފުނީގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA