ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

26 ނޮވެމްބަރު 2023 09:40

ނަންބަރު

24

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާމެދު ގޮތެއް ނިންމެވުމެވެ. މިގޮތުން، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހުން އެންމެ އަވަހަށް ބޭއްވޭނެ ތާރީޚެއްގައި ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނަށް ލަފާ އެރުވުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޘިމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެވަގުތު ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA