ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

28 ނޮވެމްބަރު 2023 13:05

ނަންބަރު

26

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2023 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ކޮމިޓީގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން، 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚާ ގުޅޭގޮތުން މި ކޮމިޓީން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ލަފައާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަނާއެކު ބައްދަލުވުމެއް ބޭއްވުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެހުށަހެޅުން ފާސްވީކަމަށް ނިންމެވިއެވެ. އަދި މި ބައްދަލުވުން 29 ނޮވެންބަރު 2023 ވަނަ ދުވަހު ހެނދުނު 10:30 ގައި ބޭއްވުމަށް ނިންމެވިއެވެ. އެއަށް ފަހު، ނިމިދިޔަ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ހަވާލުކުރުން ހުއްޓާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނާއެކު ބައްދަލުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެހުށަހެޅުން ފާސްވީކަމަށް ނިންމެވިއެވެ. އަދި މި ބައްދަލުވުން 29 ނޮވެންބަރު 2023 ވަނަ ދުވަހު މެންދުރު 12:30 ގައި ބޭއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA