ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

30 ނޮވެމްބަރު 2023 13:00

ނަންބަރު

19

2023 ވަނަ އަހަރު ޢާންމު ކޮމިޓީގެ 19 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ދިރާސާކުރެއްވެވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ އަދި (3) ވަނަ ނަންބަރަށް ހުށަހަޅާފައިވާ އިސްލާޙުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ (ށ) އަށް ހުށަހަޅުއްވާފައިވާ އިޞްލާހު ފަހުން ބެއްލެވުމަށް ނިންމެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާޙާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 124 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާޙުތައް ދިރާސާކުރައްވާ ފާސްކުރެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA