ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

5 ޑިސެމްބަރު 2023 11:30

ނަންބަރު

30

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ އާސަންދަ ކުންފުނީގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާތީއާއި، އެ ކުންފުނިން ކުރައްވަމުންގެންދަވާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް އެ ކުންފުންޏާ ބައްދަލުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމެވުމެވެ. މިގޮތުން އެ ކުންފުނި އުފައްދާފައިވާ މަޤްޞަދާއި ކުންފުނީގެ މެންޑޭޓް ސާފުކުރެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. އަދި އާސަންދަ ކުންފުނިން ކުރައްވަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ. އެއަށްފަހު ސަރުކާރު ބަދަލުވުމަށްފަހު ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކާ ގުޅޭގޮތުން ކޮމިޓީއަށް ލިބެމުންދާ ޝަކުވާތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ހުށަހަޅުއްވައި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
5 ޑިސެމްބަރު 2023 - އާސަންދަ ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދިރާސާކުރުން.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA