ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

6 ޑިސެމްބަރު 2023 11:00 ނަންބަރު 31

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އަދި މެންބަރުކަމަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަތަކުގެ އިދާރީ މަސައްކަތްތައް ކުރުމަށް ކޮމިޓީގެ އިދާރީ މުވައްޒަފުންނާ ޙަވާލުކުރެއްވިއެވެ. އެއަށްފަހު ރަހާ ރިސޯޓަށް އަންނަ ފަތުރުވެރިނަށް އެތެރޭގެ އުދުހުންތައް ފޯރުކޮށްދިނުމަށް، އެ ރިސޯޓާއިއެކު އެއްބަސްވުން ހެދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދެކޮޅު ހަދައި، ކުއްލިގޮތަކަށް އިތުރު ނޯޓިސްއެއް ދިނުމެއްނެތި ކުރިން އެ ރިސޯޓާއިއެކު ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ނިންމަވާފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ރަހާ ރިސޯޓުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ރަހާ ރިސޯޓާ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މަޢުލޫމާތު އަދި އެއްބަސްވުމަށް ވަގުތީ ގޮތުން ޢަމަލުނުކުރުމަށް ނިންމާފައިވަނީ އެ ކުންފުނިން ބިލުތަކަށް ފައިސާ ނުދައްކައިގެންކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޑިސެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް، އަލްފާޟިލް އަޙްމަދު މުޝްތާޤު،އަލްފާޟިލާ ލީނާ ޢަބްދުލްޒާހިރު އަދި އަލްފާޟިލް މޫސާ ފަތުހީ އާދަމް ރުހުންދިނުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ޑިސެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވާ އަލްފާޟިލް ޙަމްދީ ޢަޤީލް އަދި މެންބަރުކަމަށް އަލްފާޟިލް ޙަސަން ޒަރީރުއަށް ރުހުންދިނުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

5 ނޮވެމްބަރު 2023

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ރަހާ ރިސޯޓްސްއާ ދެމެދު ވެވުނު އެއްބަސްވުމަކާއި ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA