ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

10 ޑިސެމްބަރު 2023 11:00

ނަންބަރު

9

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ކިބައިގައި ހަމަވާކަމަށް ކޮމިޓީން ނިންމައި، ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި ކޮންމެ ވަޒީރަކަށް ވެސް މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށް ކޮމިޓީން ނިންމައި މަޖިލީހަށް ރިޕޯޓު ފޮނުވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީމް ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ވަގުތު ކޮމިޓީއަށް ހާޒިރުވެ ތިބި މެންބަރުންގެ އަޢްލަބިއްޔަތުން އެ ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA