ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 ޑިސެމްބަރު 2023 12:30

ނަންބަރު

20

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވާފައިވާ ޤަރާރުގެ ރިޕޯޓް (ރިޕޯޓު ނަންބަރު M19/IQ/2020/02) އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ ރިޕޯޓާމެދު ކޮމިޓީން މަޝްވަރާކުރުމަށްފަހު، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ޤާނޫނުން ކަނޑައަޅާފައިވާކަން ފާހަގަކުރުމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ފުއްދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަންވޭޖް ބޯޑުން މިނިސްޓަރަށް ދޭ ލަފާގެމަތިން، ބިދޭސީ މަސައްކަތްތެރިންގެ މިނިމަމްވޭޖް ކަނޑައެޅުމަށް ސަރުކާރަށް އިލްތިމާސްކޮށް ޤަރާރު ފާސްކުރުމަށް ކޮމިޓީން ނިންމެވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކޮށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންވަނީ (14/5) ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
6 ޑިސެމްބަރު 2023 - އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާ (ރިޕޯޓު ނަންބަރު M19/IQ/2020/02)
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA