ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

13 ޑިސެމްބަރު 2023 12:00

ނަންބަރު

21

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ 2 މައްސަލަ؛ ޢާންމުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި ގުޅޭ މައްސަލަ އަދި ސަރުކާރު ކުންފުނިތަކާއި ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނާއި، ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސްގެ ކުނި އުކައިދޭ ފީ ބޮޑުކޮށްފައިވާ މައްސަލަ އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލު ގެނައުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގުބޮޑުވެފައިވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައެވެ. މި މައްސަލަތަކާގުޅިގެން، ސާފުކުރަން ބޭނުންވި މައުލޫމާތު ލިބިފައިވާތީ މި މައްސަލަތައް ކޮމިޓީން ނިންމުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އަދި ތާއީދުކޮށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒުނުކުރާތީ މި މައްސަލަތައް ދިރާސާކޮށް ނިމުނީ ކަމަށް ކަނޑައެޅުއްވިއެވެ. ދެން ކުރިއަށް ގެންދެވީ، ބޭންކް އޮފް މޯލްޑިވްސްއާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ޙަޤީޤަތް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ބެއްލެވުމަށް، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީއަށް ފޮނުވުމުން، މިމައްސަލަ އެ ކޮމިޓީން ދިރާސާކުރުމަށްފަހު މިފަދަ މައްސަލަތައް ހައްލުކުރުމަށް 11 ރިކަމެންޑޭޝަން އެއް ކަނޑައަޅައި މަޖިލީހަށް ރިޕޯޓް ފޮނުވައި އެ ކޮމިޓީން މައްސަލަ ނިންމާފައިވާތީ މި މައްސަލަ ކޮމިޓީން ނިންމުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު ތާއީދުކޮށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން (6/5) މި މައްސަލަ ދިރާސާކޮށް ނިމުނީ ކަމަށް ކަނޑައެޅުއްވިއެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ސަރުކާރުން ޤާއިމުކުރާނެކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނަމުންދާ މަސްގަނެ، ރައްކާކުރާނެ މަރުކަޒުތަކުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯއާއި އެ މަސައްކަތްފަށައި، އުތުރުގެ މަސްވެރިން ކުރަމުންދާ އިންތިޒާރަށް ނިމުމެއް އަންނާނީ ކޮންއިރަކުންތޯ ސާފުކޮށްދެއްވުންއެދި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން، ގުޅުން ހުރި އިދާރާތަކުން މައުލޫމާތު ސާފުކޮށް، ލިބިފައިވާ މައުލޫމާތަށް ބަލައި މައްސަލަ ހުށަހެޅުއްވި މެންބަރު ސާފުކުރަން ބޭނުންވި މައުލޫމާތު ލިބިފައިވާތީ ލިބިފައިވާ މައުލޫމާތުތަކަށް ބަލައި މައްސަލަ ހުށަހެޅުއްވި މެންބަރަށް ޖަވާބު އެރުވުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދުކޮށް ހުށަހަޅާ، އަދި އެ ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒު ކޮށްފައިނުވާތީ ލިބިފައިވާ މައުލޫމާތުތަކަށް ބަލައި މައްސަލަ ހުށަހެޅުއްވި މެންބަރަށް ޖަވާބު އެރުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA