ކޮމިޓީގެ ނަން

މުޅި މަޖިލީހުގެ ކޮމިޓީގެ ސަބް ކޮމިޓީ (ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖްކުރުމުގެ ބިލު) ށް އިޞްލާޙު ގެނައުމުގެ ބިލު)

ތާރީޚް

5 ޑިސެމްބަރު 2023 10:09

ނަންބަރު

1

މުޅި މަޖިލީހުގެ ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގޮސްފައިވަނީ، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮވުމެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި ޢައްޔަނުކޮށްފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި ހޯރަފުށި ދާއިރާގެ މެންބަރު ތާއީދު ކުރެވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ. އަދި ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ޢައްޔަނުކޮށްފައި ނިލަންދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފު ތާއީދުކުރައްވާފައިވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއެވެ. މީގެ އިތުރުން މި ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
29 ނޮވެމްބަރު 2023 - ޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖްކުރުމުގެ ޤާނޫނު) އަސް އިޞްލާޙު ގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA