ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

18 ޑިސެމްބަރު 2023 11:00

ނަންބަރު

22

އިޤްތިޞާދީ ކޮމިޓީގެ 2023 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ، ސަރުކާރުން ކުރިއަށްގެންދަވާ އެކި އެކި މަޝްރޫޢުތަކާ ގުޅިގެން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން، މިހާތަނަށް ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ވަމުންދާ ގެއްލުންތައް، އަދި އެކަމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރު ދެނެގަތުމުގެ މައްސަލަ ދިރާސާކުރުމަށް ހޮއްވަވާފައިވާ ސަބް ކޮމިޓީ އަލުން އެކުލަވާލުމާމެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާއި ގުޅުން ހުރި މައްސަލައެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލީހަށް ރިޕޯޓު ފޮނުވާއި އެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވާތީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ކޮމިޓީން ނިންމުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދުކޮށް ހުށަހަޅާފައިވާތީ، އެ ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒުނުކުރާތީ މި މައްސަލަ ދިރާސާކޮށް ނިމުނީ ކަމަށް ކަނޑައެޅުއްވިއެވެ. އެއަށްފަހު، އަމިއްލަ ކުންފުނިތައް ރަޖިސްޓްރީކުރުމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެ ކަމާބެހޭ ފަރަތްތަކަށް ލަފާއާއި އިރުޝާދު ދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށް 9 ނޮވެންބަރުގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުގެ ހޯދުންތަކާއި އިރުޝާދުތައް ހިމެނޭ މައުލޫމާތު ކަރުދާސް، ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސްއިން ހިއްސާކޮށްފައިވާ 2 ރިޕޯޓު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ސިޔާސަތަށް ގެނެވުނު އިޞްލާޙީ ބަދަލުތައް އެނގޭގޮތަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލާފައިވާ ރިޕޯޓު އަދި މިނިސްޓްރީ އޮފް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ 2023 ވޮލަންޓަރީ ނޭޝަނަލް ރިވިއު (ވީ.އެން.އާރް) އާއި ގުޅޭ ރިޕޯޓް 2023 ވޮލަންޓަރީ ނޭޝަނަލް ރިވިއު (ވީ.އެން.އާރް) އާއި ގުޅޭ ރިޕޯޓު މެންބަރުންނާއި ހިއްސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA