އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (އިހަަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދަށް ޝިފާޢުއަށް އިންޒާރުދީފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީގެ 2023 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން (ސިއްރު)

20 ޑިސެމްބަރު 2023 14:00 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވުނީ ކޮމިޓީގެ މުޤައްރިރު ހޮވުމެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީގެ ނަންފުޅު، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވުމުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެ ހުށަހެޅުމަށް ތާޢީދު ކުރެއްވިއެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީގެ ނަންފުޅު ފާސްވިއެވެ. އަދި ކޮމިޓީގެ ނާއިބު މުޤައްރިރުގެ ގޮތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ ނަންފުޅު، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާޢީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކޮމިޓީގެ ނާއިބު މުޤައްރިރުގެ ގޮތުގައި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ ނަންފުޅު ފާސްވިއެވެ. ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ފަރާތުން ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްފަރާތްތަކާ ބައްދަލު ކުރެއްވުމަށް 21 ޑިސެންބަރު 2023 އަށް އަދި 27 ޑިސެންބަރު 2023 ގައި މިނިސްޓްރީ އޮފް ޑިފެންސް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. މި ބައްދަލުވުން އިތުރަށް ކުރިއަށްގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

20 ޑިސެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދު ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA