އިމްތިޔާޒާއި ސުލޫކް ކޮމިޓީ

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2023 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން (ސިއްރު)

20 ޑިސެމްބަރު 2023 13:10 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދު ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވާތީ، އެ މައްސަލަ އާ މެދު މަޝްވަރާކުރެއްވިއެވެ. އެ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝަވަރާ ކުރެއްވުމަށްފަހު ނިންމެވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ހުރިކަންތައްތައް ބެލުމަށްޓަކައި މިމައްސަލަ ދިރާސާކުރުމަށް ސަބްކޮމިޓީއެއް ހަދައި އެ ކޮމިޓިއާ ހަވާލުކުރުމަށެވެ. ސަބްކޮމިޓީގެ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހަޅުއްވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ؛ 1. މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ 2. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ 3. ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން 4. މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްވިއެވެ. މި ބައްދަލުވުން އިތުރަށް ކުރިއަށްގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 ޑިސެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދު ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ސޯޝަލް މީޑިއާގައި އިންޒާރު ދީފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA