ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

7 ޑިސެމްބަރު 2020 11:15

ނަންބަރު

65

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2020 ވަނަ އަހަރުގެ 65 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ކޮމިޓިއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ. އެގޮތުންގދ. ތިނަދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ގދ. ތިނަދޫ އަބުހަރީގެ އިބްރާހިމް އަޙްމަދް ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ ފޮނުއްވާފައިވާ މައްސަލައާއި ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ލ.ނައިފަރު ކޯޓުން އަމުރުކޮށްފައިވީނަމަވެސް އޭނާ ބަހައްޓާފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައިކަމުގައި ބަޔާންކޮށް ރަންފަރުގެ/ޅ.ނައިފަރު، މުޙައްމަދު ނިޝާން ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމަވާފައިވެއެވެ. ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ނޭޝަނަލް ޑްރަގް އެޖެންސީގެ އިސްވެރިން ޒިންމާ އަދާނުކުރައްވާކަމަށް ބަޔާންކޮށް ހޭންޑްސް ޓުގެދަރ އަދި ޗޭންޖް އެނޖީއޯ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްއާމެދު މަޝްވަރާކުރުމެވެ. މިގޮތުން ކޮމިޓީން ގެނައި އިސްލާޙްތަކާއެކު ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ރިޕޯޓްވަނީ ފާސްކޮށްފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA