ކޮމިޓީގެ ނަން

އެންވަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަބް ކޮމިޓީ (ކްލައިމެޓް އެމަރޖެންސީ ޤާނޫނު ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގެ މަސައްކަތް)

ތާރީޚް

18 ޑިސެމްބަރު 2023 10:27

ނަންބަރު

1

2023 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛް ޙަސަން އަދުހަމް އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހަޅުއްވާފައިވަނީ އެންމެ ނަމެކެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރައްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށެވެ. އެގޮތުން، ކޮމިޓީން ހުށަހެޅި ތާއީދު ލިބިފައިވާ ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. އެގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ކޮމިޓީގެ މުޤައްރިރު ގޮތުގައި ޢައްޔަނުކުރުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 3 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި މުޤައްރިރުގެ ނައިބުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ގެ ނަންފުޅު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހަޅުއްވައި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ނައިބު މުޤައްރިރަކަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު، ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 3 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA