ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

30 ޑިސެމްބަރު 2023 11:00

ނަންބަރު

10

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2023 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 17 ނޮވެންބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ނަންބަރު (M19/SM/2023/07) ރިޕޯޓު ރައްޔިތުންގެ މަޖިލީހުން އަނބުރާ ފޮނުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުންދިނުމާމެދު ހުރި ކަންބޮޑުވުންތައް ހާމަކޮށް އަމިއްލަ ފަރާތަކުން (މއ.ބޯގަންވިލާ/ކ.މާލެ، އިބްރާޙިމް އިސްމާޢީލް) ހުށަހަޅާފައިވާ ސިޓީއެއް މެންބަރުންނާ ހިއްސާކުރެވުނެވެ. ކޮމިޓީގެ ރިޕޯޓް އަނބުރާ ފޮނުއްވުމާ ގުޅިގެން، އެކަމާމެދު އިތުރަށް މަޝްވަރާކުރެއްވުމަށްފަހު، ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާފައިވާ 22 ވަޒީރުންގެ ކިބައިގައި ހަމަވާތީ، އެ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީ ރިޕޯޓް އިޞްލާޙުކޮށް ފާސްކުރުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވައި، ތުލުސްދޫ ދާއިރާގެ މެންބަރު އަޙްމަދު ނަސީމް ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސްވުމުން އެ ހުށަހެޅުން ފާހެއްނުވިއެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާމެދު އިތުރަށް މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކުރުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާޢީދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން އެ ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA