މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

12 ފެބްރުއަރީ 2024 13:15 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ލިސްޓްއާ ގުޅޭގޮތުން އަމަލުކުރާނެގޮތެއް ކަނޑައެޅުމެވެ. މިގޮތުން މިހާރު ފޮނުވާފައިވާ ލިސްޓް އިން ސާފުކުރަން ބޭނުންވާ އެއްވެސް ކަމެއް ސާފުނުވާތީ، އޭސީސީން ތަހުގީގުގައި ބޭނުންކުރި 4048 މީހުންގެ ލިސްޓުގައި ހިމެނޭ ހުރިހާ މައުލޫމާތެއް، އެފަރާތްތަކުގެ ފޯމު ނަންބަރު، ފުރިހަމަ ނަން، އެޑްރެސް، އައިޑީ ކާޑު ނަންބަރު، ޝަރުތުހަމަވޭތޯ/ނުވޭތޯ އަދ ޝަރުތުހަމަނުވާ ނަމަ ސަބަބު އެނގޭނެ ގޮތަށް މާދަމާ 14:00 ގެ ކުރިން ފޮނުއްވައި ދެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ސިޓީ ފޮނުވުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޘިމް ހުށަހަޅުއްވާ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. (ވޯޓު ދެއްވި މެންބަރުން: ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޘިމް، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، އިސްދޫ ދާއިރާގެ މެންބަރު އަލީ ޙަމީދު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން)

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޑިސެމްބަރު 2023

4000 ފްލެޓާ ގުޅޭގޮތުން ޢާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީ އާ ގުޅޭ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA