މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

13 ފެބްރުއަރީ 2024 14:05 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ 4000 ފްލެޓް އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދުމަށް، ކޮމިޓީއިން އެދިފައިވާ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތެވެ. ނަމަވެސް މި މައުލޫމާތުތައް ފޮނުވުމަށް އެ ކޮމިޝަނުން އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެ ސިޓީ ފޮނުވާފައިވާތީ، ދެން މިކަން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މި މަޢުލޫމާތުތައް ފޮނުވުމަށް 15 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 18:00 ނިޔަލަށް ވަގުތު ދެއްވުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. (ވޯޓު ދެއްވި މެންބަރުން: ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޘިމް، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އަދި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު)

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޑިސެމްބަރު 2023

4000 ފްލެޓާ ގުޅޭގޮތުން ޢާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީ އާ ގުޅޭ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA