ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 12:30

ނަންބަރު

1

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިން، އަދި މިފްކޯގެ މުވައްޒަފުންނަށް ބޭރު ފައިސާ (ޔޫ.އެސް.ޑޮލަރ) ފަސޭހައިން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިނުމަށް އެދި ވިލިގިނލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކޮށް ނިންމާނެ ސުންގަނޑި ކަނޑައަޅައި، ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރުމެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ޤަރާރުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 29 ފެބުރުވަރީ 2024 ކަމަށާއި، ޤަރާރާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ގުޅުންހުރި މަޢުލޫމާތު ލިޔުމުން ހޯއްދެވުމަށްފަހު، އެ ފަރާތްތަކާއި ބައްދަލުކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލު އަޙްމަދު ހުށަހަޅައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރައްވާފައިވާތީ، އެ ހުށަހެޅުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA