ކޮމިޓީގެ ނަން

ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

ތާރީޚް

6 ފެބްރުއަރީ 2024 11:15

ނަންބަރު

1

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ، އަލްއުސްތާޛާ ޝަހުޒާދު ސަޢީދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހުށަހަޅުއްވާ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު، ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމެވެ. މިގޮތުން ބިލު ނިންމާނެ ސުންގަޑިއަކީ 7 ފެބުރުވަރީ 2024 ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި މި ބިލަށް ޚިޔާލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށާއި، އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށް ވެސް ނިންމެވިއެވެ. އެއަށް ފަހު ބިލުގެ މާއްދާތައް މާއްދާއަކުން މާއްދާއަކުން ބެއްލެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA