ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ 3 ވަނަ ބައްދަލުވުން

7 ފެބްރުއަރީ 2024 11:35 ނަންބަރު 3

ޚުލާސާ

މިބައްދަލުވުމުގައި ބިލަށް އިލެކްޝަން ކޮމިޝަނުން ހުށަހަޅުއްވާފައިވާ އިޞްލާޙުތަކާއި މެދު މަޝްވަރާކޮށް އެ އިޞްލާޙުތަކުގެ ތެރެއިން ބިލުގައި ހިމެނުމަށް ކޮމިޓީއަށް ފެންނަ އިޞްލާޙުތަކާއި ކޮމިޓީގެ މެންބަރުން ބިލުގެ މާއްދާތަކަށް ހުށަހެޅުއްވި އިޞްލާޙުތައް ބިލަށް ގެންނެވިއެވެ. އެގޮތުން؛ - ބިލުގެ 1، 4 އަދި 6 ވަނަ ނަންބަރުގައިވާ މާއްދާތަށް އިލެކްޝަން ކޮމިޝަނުން ހުށަހެޅުއްވި ގޮތަށް އިޞްލާޙުކުރެއްވިއެވެ. - އިލެކްޝަން ކޮމިޝަން އިން ހުށަހަޅާފައިވާ އިޞްލާޙުތަކަށް ބަލައި މިހާރު ބިލުގައި ނެތް 4 މާއްދާއެއް އިތުރުކުރުމަށް ވެސް ނިންމެވިއެވެ. އެގޮތުން، 74 ވަނަ މާއްދާގެ (ހ) އަށް އަކުރެއް އިތުރުކުރުމަށާއި އެ އަކުރު އިތުރުކުރުމާއި ގުޅިގެން އެ އަކުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަދަބު ކަނޑައެޅުމުގެ ގޮތުން މާއްދާއެއް އިތުރުކުރުމަށާއި، އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އަދި 67 ވަނަ މާއްދާ ވެސް ވަނީ އިސްލާޙުކުރައްވާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 ފެބްރުއަރީ 2024

ޤާނޫނު ނަންބަރު ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އަށް އިސްލާޙުގަނައުމުގެ ބިލު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA