ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 10:15

ނަންބަރު

1

2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް .. ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމެވެ. އެ ބިލަކީ ބުނެވިދިޔަ ޤާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އިޞްލާޙުކުރުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި އިސްލާޙުތަކާމެދު ކޮމިޓީގައި މަޝްވަރާކުރައްވިއެވެ. އަދި، އެ އިސްލާޙުތަކަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA