ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 11:00

ނަންބަރު

1

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 6 ފެބުރުވަރީ 2024 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާ އަދި 11 ޑިސެންބަރު 2023 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ސަފީރުން މަޤާމަށް އައްޔަނުކޮށްފައިވާ ތާރީޚްތައް ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ސިޓީ ފޮނުވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހުށަހަޅުއްވައި ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދުކުރެއްވިއެވެ. އަދި މީގެ އިތުރުން ސަފީރުންގެ ގޮތުގައި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ރިކޯޑު ސާފުކުރުމަށްފަހު އެބޭފުޅުންނާ އިންޓަރވިއު ކުރެއްވުމަށް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގައި މަޝްވަރާކުރެއްވީ، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި، އިންސާނީ ހައްޤު ކަށަވަރުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ، އަދި ފަލަސްތީންއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރާ ގުޅޭގޮތުންނެވެ. އަދި މިޤަރާރާ ގުޅިގެން ކުރިން މިނިސްޓަރއާ ބައްދަލުކުރުމަށް ނިންމާފައިވާތީ އެ ބައްދަލުވުން އެޖެންޑާކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA