ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2024 10:00

ނަންބަރު

2

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 11 ޑިސެންބަރު 2023 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކާ އިންޓަރވިއު ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ތިރީގައި ދެންނެވިފައިވާ ފަރާތްތަކާ އިންޓަރވިއު ކުރެވިފައިވެއެވެ. 1. ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު (ބެންހާގެ، ގދ.ގައްދޫ) މި އިންޓަރވިއު ކުރިއަށް ގެންދެވީ ޓީމްސް މެދުވެރިކޮށް 2. ޑޮކްޓަރ އިރުތިޝާމް އާދަމް (ހއޯކިޑް) މި އިންޓަރވިއުއަށް އެފަރާތް ވަނީ ހާޒިރުވެ ވަޑައިގަންނަވާފައެވެ. 3. އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފް (މ.ކޮތަންމާގެ) މި އިންޓަރވިއު ކުރިއަށް ގެންދެވީ ޓީމްސް މެދުވެރިކޮށް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA