ޕެޓިޝަން ކޮމިޓީ

2024 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 2 ވަނަ ބައްދަލުވުން.

20 ފެބްރުއަރީ 2024 10:00 ނަންބަރު 2

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ހުށަހެޅިފައިވާ ޕެޓިޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރިއަށް ގެންދެވީ "ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާ ޕެޓިޝަން" ދިރާސާކުރުމުގެ މަސައްކަތެވެ. މި ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، މި ޕެޓިޝަނުގައި ބަޔާންކޮށްފައިވާ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ބެއްލެވުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓާއި ނައިފަރު ކައުންސިލް އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މި ޕެޓިޝަން ނިންމާނެ ސުންގަނޑިއަކީ 28 ފެބުރުވަރީ 2024 ކަމަށް ވެސް ނިންމެވިއެވެ. އެއަށްފަހު، "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ރަސްމީ ވެބްސައިޓްގައި ގެޒްޓްކުރެވިފައިވާ އެންމެހައި ފަރާތްތަކާއި، ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓްތައް ބާޠިލު ނުކުރެއްވުމަށްއެދި ހުށަހަޅާ ޕެޓިޝަން" ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. މި ޕެޓިޝާނާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ މައްސަލައަކީ ގިނަ ރައްޔިތުންގެ މަސްލަޙަތު އޮތް ކަމަކަށްވާތީ، މިކަމާ ގުޅޭގޮތުން ޕަބްލިކް ފޯރަމެއް ބޭއްވުމަށް ހުށަހެޅިގެންދިޔައެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ހުށަހެޅުން ފާސްވިއެވެ. އަދި މި މައްސަލައަކީ ރައްޔިތުންނާ ގުޅުންހުރި ޚައްޞާސް މައްސަލައަކަށްވާތީ، މިފަދަ ފޯރަމެއްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެގޮތުން މި ފޯރަމަށް އަންނަ ފަރާތްތަކުގެ ނިސްބަތަށްބަލާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭރުގައި މި ފޯރަމް ބާއްވަން ޖެހިއްޖެނަމަ އެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮމިޓީގެ ރިޔާސަތުން ހުށަހެޅުއްވިއެވެ. މި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. އެންމެފަހު ކަމެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންދެވީ، "ބ.ކުޑަރިކިލުގެ އުތުރު ފަރާތުގެ ގޮނޑުދޮށް ލޯކަލް ޓޫރިޒަމަށް ގެސްޓް ހައުސް ޢިމާރާތް ކުރަން ދިނުމަށް ކުޑަރިކިލު ކައުންސިލުން ނިންމަވާފައިވާތީ އެކަމާ ދެކޮޅަށް ހުށަހަޅާ ޕެޓިޝަން" ދިރާސާކުރުމެވެ. މި ޕެޓިޝަނާމެދު ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ކުޑަރިކިލު ކައުންސިލާ އަދި ޕެޓިޝަން ހުށަހެޅި ފަރާތާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ފެބްރުއަރީ 2024

ކުޑަރިކިލުގެ އުތުރު ފަރާތުގެ ގޮނޑުދޮށް ލޯކަލް ޓޫރިޒަމަށް ގެސްޓް ހައުސް ޢިމާރާތް ކުރަން ދިނުމަށް ކުޑަރިކިލުގެ ކައުންސިލުން ނިންމަވާފައިވާތީ އެކަމާ ދެކޮޅަށް ހުށަހަޅާ ޕެޓިޝަން.

ކުރިޔަށް ދަނީ

26 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ގެޒެޓް ކުރެވިފައިވާ ލިސްޓް ބާޠިލް ނުކުރުމަށް ހުށަހަޅާފައިވާ ޕެޓިޝަން

ކުރިޔަށް ދަނީ

19 އޮކްޓޯބަރު 2022

ޅ. ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތަކުގެ ފެނުގެ މައްސަލައާއި އަދި އެހެނިހެން ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފްލެޓްތަކުގެ ވެރިފަރާތްތަކުން ހުޅައަޅާ ޕެޓިޝަން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA