ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (އެމް.ޑީ.ޕީގެ މެންބަރުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

22 ޖުލައި 2020 14:35

ނަންބަރު

1

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2020 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

ކޮމިޓީން ފުރަތަމަ ކުރިއަށް ގެންދެވުނީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާނެ ލެވުނު ފުރުސަތުގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއިދުކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުގެ ނަންފުޅެވެ. ދެވަނަ ހުށަހެޅުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހަޅުއްވައި ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫނު ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ ގަމުދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ ނަންފުޅެވެ. ހުށަހެޅުންތައް ހުށަހެޅުނު ތަރުތީބުން ވޯޓަށް އެހުމުން ފުރަތަމަ ހުށަހެޅި ތާއިދު ލިބިފައިވާ ނަންފުޅު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކޮމިޓީގެ މުޤައްރިރުކަމަށް ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. އެއަށްފަހު ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންހުށަހެޅުމަށް ހުޅުވާނެ ލެވުނު ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ ގަމުދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ ނަންފުޅެވެ. މި ހުށަހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން ގަމުދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކޮމިޓީގެ ނައިބުމުޤައްރިރުކަމަށް ހޮވުނެވެ. އެއަށްފަހު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ، 2020 ޖޫން 2 ވަނަ ދުވަހުގެ ރޭ މެންދަމު 1:30 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެމައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑި ކަނޑައެޅުމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ކޮމިޓީން މިމައްސަލަ ނިންމާނެ ސުންގަޑި ކަމުގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ 4 އޯގަސްޓް 2020 އިން ފެށިގެން 45 ދުވަހުގެތެރޭގައި މި މައްސަލަ ދިރާސާކޮށް ނިންމައި މައި ކޮމިޓީއަށް ހުށަހެޅުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA