ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (އެމް.ޑީ.ޕީގެ މެންބަރުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

8 ފެބްރުއަރީ 2021 10:15

ނަންބަރު

1

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޮމިޓީގެ މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާނެ ލެވުނު ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ ގަމުދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ ނަންފުޅެވެ. މި ހުށަހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން ގަމުދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކޮމިޓީގެ މުޤައްރިރުކަމަށް ހޮވުނެވެ. އެއަށްފަހު، ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ފޮވިފައިވަނީ ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމުގައި ކުރިން ހުންނެވި މެންބަރުކަމުން އެ މަޤާމަށް ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާނެ ލެވުނު ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންގެ ނަންފުޅެވެ. މި ހުށަހަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާގުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ކޮމިޓީގެ ނައިބުމުޤައްރިރުކަމަށް ހޮވުނެވެ. އެއަށްފަހު ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ، 2020 ޖޫން 2 ވަނަ ދުވަހުގެ ރޭ މެންދަމު 1:30 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެމައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފޮނުއްވާފައިވާ މައްސަލައިގެ ސުންގަޑި ކަނޑައެޅުމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ކޮމިޓީން މިމައްސަލަ ނިންމާނެ ސުންގަޑި ކަމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއިދުކުރެއްވި ހުށަހެޅުމުގައިވަނީ 22 ފެބުރުއަރީ 2021 ވަނަ ދުވަހުގެ ނިޔަލަށް މި މައްސަލަ ދިރާސާކޮށް ނިންމައި މައި ކޮމިޓީއަށް ހުށަހެޅުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެ ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA