ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް ކޮމިޓީ (ސިއްރު ބައްދަލުވުމެއްގެ ވޯޓް ލީކްވެފައިވާ މައްސަލަ ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

14 ޖޫން 2021 12:05

ނަންބަރު

1

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސަބް-ކޮމިޓީގެ 2021 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

ކޮމިޓީން ފުރަތަމަ ކުރިއަށް ގެންދެވުނީ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާލެވުނު ފުރުސަތުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ތާއީދު ކުރައްވާފައިވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޤްލަބިއްޔަތުން ކޮމިޓީގެ މުގައްރިރު ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ނަންފުޅު ފާސްކުރެވުނެވެ. ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހުންނަވާނެ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަ ހުޅުވާލެވުނު ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވައި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ތާއީދު ކުރައްވާފައިވާ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޤްލަބިއްޔަތުން ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންގެ ނަންފުޅު ފާސްކުރެވުނެވެ. ބައްދަލުވުމުގެ މިހާހިސާބުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގެ ސުންގަޑި ކަނޑައެޅުމާމެދު މަޝްވަރާކުރެއްވުމަށްފަހު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާއީދު ކުރައްވާ ކޮމިޓީގެ އިއްތިފާޤުން ފާސްކުރެވިފައިވާ ސުންގަޑިއަކީ 29 ޖޫން 2021 ވަނަ ދުވަހެވެ. އަދި ބައްދަލުވުން ސިއްރުކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއީދުކުރައްވައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA