ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

28 ފެބްރުއަރީ 2024 12:13

ނަންބަރު

2

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ މަޤާމު ހުސްވެފައިވާތީ، މުޤައްރިރު އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ލީގަލް އެފެއަރޒް ޑރ. އާމިނަތު އަސްފާ ޝާފިޢީ އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ހުޅުވާލި ފުރުޞަތުގައި، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި އިންތިޚާބުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރައްވާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިންގެ ނަންފުޅެވެ. އިތުރު ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވާތީ، މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެފައިވެއެވެ. (ވޯޓު ދެއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު) އެއަށްފަހު، ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ހުޅުވާލި ފުރުޞަތުގައި، ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި އިންތިޚާބުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ތާއީދުކުރައްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަންފުޅެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެފައިވެއެވެ. (ވޯޓު ދެއްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު).

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ޖޫން 2019 - ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA