ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 ފެބްރުއަރީ 2024 12:30

ނަންބަރު

5

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވާދެއްވުމަށް އެދި އެ ބޯޑުން އެދޭކަންތައް ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލައާ މެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، އެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސް ހާޒިރުކޮށް މަޝްވަރާކުރެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ ޢިއްތިފާޤުން ފާސްވިއެވެ. އަދި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން، އެ ބޯޑަށް ބޭންކް އޮފް މޯލްޑިވްސްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުފައިވާތީ، އެ ބޯޑާއިއެކު ބޭންކް އޮފް މޯލްޑިވްސްއާ ބައްދަލުކުރެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ ޢިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA