ޕެޓިޝަން ކޮމިޓީ

2024 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 3 ވަނަ ބައްދަލުވުން.

28 ފެބްރުއަރީ 2024 10:00 ނަންބަރު 3

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، "ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ރަސްމީ ވެބްސައިޓްގައި ގެޒްޓްކުރެވިފައިވާ އެންމެހައި ފަރާތްތަކާއި، ކަމުގެ މަސްލަޙަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓްތައް ބާޠިލު ނުކުރެއްވުމަށްއެދި ހުށަހަޅާ ޕެޓިޝަން" އާ ގުޅޭގޮތުން ޕަބްލިކް ފޯރަމެއް ބޭއްވުމަށް މި ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ތާރީޚުގައި ބޭއްވުމަށް ދަތިވާތީ، އެ ފޯރަމް ބާއްވާނެ ތާރީޚެއް ކަނޑައެޅުމެވެ. އެގޮތުން، ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ޕަބްލިކް ފޯރަމް 6 މާރިޗު 2024 ވާ ބުދަ ދުވަހުގެ ރޭގަނޑު 20:45 ގައި ބޭއްވުމަށް ނިންމެވިއެވެ. އެއަށްފަހު، ސޯޝަލް ސެންޓަރު ފަދަ ގިނަ މީހުން ބައިވެރިކުރުވޭނެ ތަނެއްގައި މި ފޯރަމް ބޭއްވުމަށްވެސް އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން ނިންމެވިއެވެ. މީގެއިތުރުން، ކޮމިޓީން ބޭއްވުމަށް ނިންމެވި ޕަބްލިކް ފޯރަމްގެ ޕެނަލިސްޓުން ކަނޑައެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ގެޒެޓް ކުރެވިފައިވާ ލިސްޓް ބާޠިލް ނުކުރުމަށް ހުށަހަޅާފައިވާ ޕެޓިޝަން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA