ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

18 ފެބްރުއަރީ 2024 14:20

ނަންބަރު

4

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ 4000 ފްލެޓް އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދުމަށް، ކޮމިޓީއިން އެދިފައިވާ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތެވެ. މިގޮތުން މި ލިޔުންތަކަކީ ސިއްރު ލިޔެކިޔުންތަކެއްކަމުން، އެލިޔުންތައް މާދަމާ، 19 ފެބުރުވަރީ 2024 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެވރިވެޑައިގެންނަވާ ބޭފުޅުންނާ ހިއްސާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ނިމި ދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ ހިއްސާކުރުމަށް ފެންނަކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
13 ޑިސެމްބަރު 2023 - 4000 ފްލެޓާ ގުޅޭގޮތުން ޢާންމު ފަރާތަކުން ފޮނުވާފައިވާ ސިޓީ އާ ގުޅޭ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA