ކޮމިޓީގެ ނަން

އިންފޮމޭޝަން އެެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2024 11:20

ނަންބަރު

2

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ ކޯރަމް ކަނޑައެޅުމެވެ. މި ގޮތުން ކޮމިޓީގެ ކޯރަމަކީ 3 މެންބަރުންކަމަށް ނިންމެވިއެވެ. އެއަށް ފަހު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން މި ކޮމިޓީއަކީ އަލަށް އުފެދުނު ކޮމިޓީއެއް ކަމުން، މި ކޮމިޓީއަށް މިކަމާގުޅޭ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީ ހޯދުމަށް، އާންމުކޮށް އިއުލާނު ކުރުމަށާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ރާއްޖޭގައި ހަރަކާތްތެރިވާ އިންފޮމޭޝަންއާއި، ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާ ގުޅުންހުރި ކުންފުނިތަކުގެ މަޢުލޫމާތާއ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެ ދާއިރާއާ ގުޅުންހުރި ޖަމްޢިއްޔާ ޖަމާޢަތްތަކުންގެ މަޢުލޫމާތު ހޯދުމަށް އެފަރާތްތަކަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، އޯޝަން ކަނެކްޓް މޯލްޑިވްސް އަދި ޓްރޭޑް ނެޓް މޯލްޑިވްސްގެ ބޭފުޅުންނަށް ހާޒިރުކުރުމަށް ނިންމެވިއެވެ. އަދި ތަޢާރަފުގެ ބައްދަލުވުމަކަށް ދިރާގު، އުރީދޫ، އާރްއޯއެލް، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، އަދި އޯޝަން ކަނެކްޓް މޯލްޑިވްސްގެ ބޭފުޅުންނަށް 21 ފެބުރުވަރީ 2024 ވަނަ ދުވަހަށް ދައުވަތު އެރުމަށް ނިންމެވިއެވެ. އަދި ސިޔާސީ ޕާޓީތަކާއެކުވެސް ތަޢާރަފުގެ ބައްދަލުވުމެއް 26 ފެބުރުވަރީ 2024 ގައި ބޭއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 ފެބްރުއަރީ 2024 - ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާގުޅޭގޮތުން މަޝްވަރާކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA