ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 ފެބްރުއަރީ 2024 13:10

ނަންބަރު

6

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމެވެ. އެގޮތުން، މި ދެ މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި ނަން ހުށަހެޅިފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން އެކުލަވާ މުވައްޒަފުންގެ ޕެނަލްއަކީ ޝަހުޒާދު ސައީދު، ފަރުހަތު ހަބީބު އަދި ފާތުމަތު ނަދާ ކަމަށާއި އާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 5 މާރިޗު 2024 ގެ 14:00 ގެ ނިޔަލަށް އިޢުލާން ކުރުމަށާއި އެފަރާތާ އިންޓަވިއު ކުރުން 5 މާރިޗު 2024 ވަނަ ދުވަހު 11:00 ގައި ކުރިއަށް ގެންދިއުމަށާއި، މި މަސައްކަތްތައް ނިންމާނެ ސުންގަޑި އަކީ 7 މާރިޗު 2024 ވާ ބުރާސްފަތި ދުވަސް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޘިމް ތާޢީދުކުރެއްވިއެވެ. މިހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ އެ ހުށަހެޅުން ފާސްވީކަމަށް ނިންމެވިއެވެ. އެއަށް ފަހު ދެން ކުރިއަށް ގެންދެވީ 4000 ފްލެޓް އާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހޯދުމަށް، ކޮމިޓީއިން އެދިފައިވާ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތެވެ. މިގޮތުން މި ލިޔުންތަކަކީ ސިއްރު ލިޔެކިޔުންތަކެއްކަމުން، މިބައި ކުރިއަށް ގެންދެވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA